ކަނޑުމަތީގެ ހާދިސާތައް ފަހަކަށް އައިސް ގިނަވަމުން އަންނައިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާތެރިވާންޖެހެއެވެ. ގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ރިއާޔަތްކޮށް ދަތުރު ކުރުމުގައި ސަމާލުވާންޖެހެއެވެ.

މިއަދު ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި ބަޔަކު ކަނޑުވި ހާދިސާ އާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ "އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އެ ލޯންޗުގައި ލައިފްޖެކެޓް ހުރިކަމަށް. އެކަމަކު އެ ހާދިސާ ހިނގައި ދިޔަ ވަގުތުކޮޅުގެ ތެރޭގައި ލައިފްޖެކެޓް އެޅުމުގެ ފުރުސަތު ނުލިބުނީ."ކަމަށެވެ.

Ad
rt

"ކަނޑު ކިރިޔާ ވެސް ގަދަކަމަށް ވަންޏާމުން، ލައިފްޖެކެޓް ފަދަ ފްލޯޓިން ޑިވައިސް އެއް އަޅައިގެން ތިބުމުގެ މުހިއްމުކަން މި އެނގެނީ. ކިތަންމެ ކުޑަ ދަތުރެއް ނަމަވެސް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު ނޭޅިއްޖެ ކަމަށްވަންޏާ ވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވެދާނެ"ކަމަށްވެސް ކާނަލް ސަލީމް ވިދާޅުވިއެވެ.

"ހާއްސަކޮށް ކުދި އުޅަނދުތަކުގައި ދަތުރުކުރާ އިރު މޫސުމަށް ބެލުމަށް ފަހު ނޫނީ ދަތުރު ނުކުރުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް،" ކަމަށާއި "ކަނޑުދަތުުރަަށް ފުރާއިރު، މޫސުމާބެހެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް."ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކަނޑު ގަދަ ނަމަ ލައިފްޖެކެޓް ބޭނުންކުރައްވާ! ރައްކާވެ ތިބިއްޔާ ދަތުރެކެވެ.