‏ރާއްޖޭގައި ހަދާ ކޯވިޑް ޕީސީއާރު ޓެސްޓެއް، 200 ޕަސެންޓް ފައިދާ ހުރި ވިޔަފާރިއަކަށް ވަނީ ބަދަލުވެފައި ކަމަށާއި، އެ މަސައްކަތުގައި ތިބި ލެބް ޓެކްނީޝަނުންނަށް ހައްގުވާ މިންވަރު ދޭންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ވިދާޅުވީ 675 ރުފިޔާ ގެ ރޭޓުން ހަދަން ފެއްޓި ކޯވިޑް ޕީސީއާރު ޓެސްޓް 2800 ރުފިޔާ ގެ 200 ޕަސެންޓް ފައިދާ ހުރި ވިޔަފާރިއަކަށް ވަނީ ބަދަލުވެފައި ކަމަށެވެ.

Ad
rt

"ބަލިމަޑުކަމާ ގުދުރަތީ މުސީބާތުން ފައިދާނަގާ މާލީ މަންފާ ހޯދުމަކީ ބޯދާ ޒަމާނުގައި ވެސް އިންސާނުން އުޅުނު ގޮތެއްނޫން" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ފަތުރުވެރިޔާ ރާއްޖޭން ފުރުމުގެ 72 ގަޑިއިރު ކުރިން ކޯވިޑް-19 ގެ ޓެސްޓު ނެގެޓިވް ވެފައިވާ ލިޔުން ތައްޔާރު ކުރުމަށް ކޮންމެ ރިޕޯޓަކަށް 180 ޑޮލަރާ 100 ޑޮލަރާ ދެމެދުގެ ފީއެއް ނަގާ ކަމަށެވެ. އަދި ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖޭގައި ތިބި 300 ލެބް ޓެކްނީޝަނުންނަށް ހައްގުވާ މިންވަރު ދޭންޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

‏ކޯވިޑް ޕީސީއާރު ޓެސްޓް 200 ޕަސެންޓް ފައިދާވާ މެގަރ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔައިރު ލޮލުފިޔަ ނުޖަހާ މެގަރ ޕްރޮފިޓް ހޯދައިދޭން އަދި ބަރާބަރު ވަގުތަށް ފަތުވެރިން ރާއްޖޭން އެނބުރި ގައުމަށް ފުރުވާލަން އެންމެ ބޮޑު އެހީތެރިކަމެއްދޭ ލެބް ކުދިން ގެ މުސާރައަކީ އެންމެ 5610 ރުފިޔާ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިހެން ވިދާޅުވިއިރު، މި ހަފުތާގައި ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރީން ވަނީ އެމީހުންގެ އޮނިގަނޑު އަވަހަށް ފާސްކޮށްދިނުމަށް އެދި ހިމޭން އިޙްތިޖާޖެއް ވެސް ކޮށްފައެވެ. ސިއްހީ ޚިދުމަތްތެރިންގެ އޮނިގަނޑު ފާސްކޮށް ދިނުމަށް އެދި ގިނަ ޢަދަދެއްގެ ސިއްހީ ޚިދުމަތް ތެރީންނެއް މީސް މީޑިއާގައި ޝުޢޫރު ފާޅުކޮށްފައިވާއިރު ގިނަ ޢަދަދެއްގެ ޚިދުމަތްތެރީން ބުނެފައި ވަނީ ‏ރައްޔިތުންނަށް ހިދުމަތް ކުރުން، އެމީހުންގެ ޝަރަފު ކަމަށެވެ. އަދި ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް އަދި އަބުރުވެެރި ދިރިއުޅުމެއް ބޭނުން ކަމަށް އެ ޚިދުމަތްތެރީން ވަނީ ބުނެފައެވެ.

https://thiladhun.wonstasite.com/42929