ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް(ސީއައިޓީއެމް) އިން ހދ. ކުޅުއްފުށިގައި ކޮންޕިއުޓަރ ކޯސްތަކެއް ހިންގުމަށް ނިންމައިފިއެވެ.

ސީއައިޓީއެމް އިން ކުޅުދުއްފުށިގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ކޮމްޕިއުޓަރ ފޯ ކިޑްސް- ލެވެލް 1، ކޮމްޕިއުޓަރ ފޯ ކިޑްސް- ލެވެލް 2، ސެޓްފިކެޓު 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ)، ސެޓްފިކެޓު 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ) އަދި ޑިޕްލޮމަ އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ) އެވެ.

Ad
rt

އެ ސެންޓަރުން ބުނީ ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ30 ވަނަ ދުވަހުގެ17:00 ގެ ކުރިން ސީއައިޓީއެމްގެ ކޮމްޕިއުޓަރ ލެބަށް ފޯމު ހުށަހެޅުން އެދޭ ކަމަށެވެ. ފޯމް އެ ލެބުން ލިބެން ހުންނާނެއެވެ.