ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ.

މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.

Ad
rt

މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓްރީ އިން މަޢުލޫމާތު ދޭގޮތުގައި 365 ދުވަސް ތެރޭގައި ހދ. ނެއްލައިދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް 47,623,290.28 ރުފިޔާ ޚަރަދުވާނެއެވެ.

ނެއްލައިދޫގައި މިހާރު ބޭނުން ކުރެވެމުންދާ ބަނދަރަކީ 2011 ވަނަ އަހަރު ހަދަންފެށި އަދި 2014 އަހަރު ބޭނުންކުރަން ފެށި ބަނދަރެކެވެ. އޭގެ ދަހުން ބަނދަރު ތެރެއަށް ރަށްވަށައި ވޮޑޭ ވެލިގަނޑު ވަންނަ މައްސަލައެއް ފެންމަތިވިއެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅުވަނީ ބަނދަރު ފުންކޮށްފައި ވެއެވެ.