ދިހަ ރުފިޔާ އަދި ސަތޭކަ ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދައުރުކުރުމަށް ނެރެފައިވާކަން ހަނދުމަފުޅުކޮށް އަރުވައިފިއެވެ.
އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން، އަލުން ޗާޕުކޮށްގެން 5 ޖުލައި 2018 ގައި ރާއްޖެ އަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް 3 ސެޕްޓެންބަރު 2018 ގައި ނެރެފައިވާނެކަމަށް 28 އޮގަސްޓު 2018 ދުވަހު އެމްއެމްއޭއިން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
ދިހަ ރުފިޔާ އަދި ސަތޭކަ ރުފިޔާގެ އައު ޗާޕެއް މިއޮތޯރިޓީން ދައުރުކުރުމަށް ނެރެފައިވާކަން ހަނދުމަފުޅުކޮށް އަރުވަމެވެ. https://t.co/dAuVMca4fZ pic.twitter.com/qJF7w7f9Rm
— MMA (@MMA_Maldives) August 26, 2019
އަލަށް ޗާޕުކޮށްގެން ނެރެފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް އަޙުމަދު ނަޞީރު އެވެ. މި ދެ ނޫޓުގައިވާ ތާރީޚަކީ 10 މާރިޗު 2018، 22 ޖުމާދަލްއާޚިރާ 1439 އެވެ. އަލަށް ޗާޕުކޮށްގެން މިނެރެފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެއެވެ.
ގަބޫލުކުރެވޭގޮތުގައި އެމްއެމްއޭއިން މިކަން ހަނދުމަކޮށް މިއެރުވީ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުގެ އާކޮޕީތަކެއް ސޯސިޔަލް މީޑިޔާގައި ދައުރުވެ ބަޔެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!