ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ ގުރޭޓަރ މާލެ ސަރަހައްދަށް އެކަނި ކަމަށް އެޗްއީއޯސީ ގެ ސްޕޯކްސް ޕާރސަން ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ނެރުނު ގިނަ އެންގުންތައް ހުރީ މާލެ ސަރަހައްދަށް އަމާޒުކޮށްގެން ކަމަށާއި އެގޮތުން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވެސް މިވަގުތު މަޖުބޫރު ވަނީ މާލެ ސަރަހައްދަށް އެކަނި ކަމަށެވެ. ގުރޭޓަރ މާލެ ސަރަޙައްދުގެ ގޮތުގައި ހިމެނެނީ މާލެ ހުޅުމާލެ ވިލިމާލެ އަދި ގުޅީފަޅެވެ.

Ad
rt

ކޯވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް ޓާސްކްފޯހުގެ މިއަދުގެ ބައްދަލުވުމުގައި އާންމު ތަންތަނުގައި މާސްކު އެޅުން މަޖޫބުރު ކުރަން ސަރުކާރުން ނިންމީ މިއަދު އެވެ.

އެގޮތުން އާންމު ތަންތަނުގައި މާސްކު އަޅައިގެން އާންމުން އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން މިރެއިން ފެށިގެން ކުރާނެ ކަމަށާއި އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަމުންދާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މާސްކު އެޅުން މަޖޫބުރުކޮށްފައިމިވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު އެކަނިވެސް 152 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން 89 މީހުންނަކީ ދިވެހިންނެވެ.