ށ. ފީވަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން ށ. ފީވަށް ބަނދަރު ޑިޒައިން ކުރުމާއި ފުންކުރުމު މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށެވެ.
މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ވަނީ މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީއިން ބުންޏެވެ.
ށ. ފީވަށް ބަނދަރު ޑިޒައިން ކުރުމާއި ފުންކުރުމު މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ވަނީ މިހާރު ނިމިފައި. pic.twitter.com/ADKdax0Dot
— MTCC Plc (@MTCCPlc) July 27, 2020
އެ މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 356 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
ޖުމްލަ 69.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެމްޓީސީއިން އަންނަނީ އެކުންފުންޏާއި ހަވާލުވެފައިވާ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ މަސައްކަތް ހަލުވި މިނެއްގައި ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!