ކޯވިޑް-19 އަށް 50 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 50 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

Ad
rt

އަލަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި 14 ބަންގްލަދޭޝް މީހުންނާއި އަދި އިންޑިއާ 2 މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އިއްޔެ ވެސް ރާއްޖެއިން މިބަށްޔަށް ވަނީ 77 މީހުން ޕޮޒިޓިވް ވެފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ގިނަ ޢަދަދެއްގެ ދިވެހިން ޕޮޒިޓިވްވާން ފަށާފައި ވާއިރު، އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އިއްޔެ ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 56 އެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3302 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 738 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2534 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 72،961 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 574 މީހުން ތިބި އިރު، ކަރަންޓީނު ފެސިލިޓީގައި މިވަގުތު މީހަކު ނެތެވެ.