އޮންލައިން ސްޓްރީިމިންގ އެޕް "ބައިސްކޯފް" އަދި ދިރާގު ގުޅިގެން ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

މިހާއްސަ ހަވީރު އޮންނާނީ ކުރިއަށްދާނީ މާދަމާ ހަވީރު 4 އިން 6 އަށް ކުޅުދުއްފުށީ ކޮރަލް ދަނޑު ސަރަހައްދުގަ އެވެ.

Ad
rt

މި ހަވީރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ ހުށަހެޅުންތަކެއްވެސް ފެނިގެންދާނެ ކަމަށް ކުޅުދުއްފުށީ އޮންލައިންއިން ރިޕޯޓު ކުރެއެވެ. އަދި މީގެ އިތުރުން، ބައިސްކޯފްގެ އެންމެ މަޝްހޫރު އޮރިޖިނަލް ދިވެހި ވެބް ސީރިޒް ކަމަށްވާ "ހުވާ"ގެ ތަރިންނާއި އެ ސީރީޒްގެ ޑައިރެކްޓަރ ނަހުލާވެސް މި އިވެންޓްގައި ބައިވެރިވާނެ އެވެ.

ދިރާގުން މަޢުލޫމާތު ދޭގޮތުގައި މި އިވެންޓުގައި ބައިސްކޯފު އޮރިޖިނަލް ސީރީޒްތަކުގެ ފަންނާނުންނާ ބައްދަލުވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ބެލުންތެރިންގެ ޝުއޫރުތަކާއި ފީޑްބެކްތައް ސީދާ އެ ފަންނާނުންނާއި ބައިސްކޯފް ޓީމަށް ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ބައިސްކޯފަކީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ލަވަތަލާއި ފިލްމުތަކާއި ވީޑިއޯތައް ބަލާލެވޭ ގޮތަށް ކޮންޓެންޓް ހިމެނޭ ހަމައެކަނި ދިވެހި އެޕްލިކޭޝަނެވެ.