އިންޑިއާގެ މަދްޔަ ޕްރްދޭޝްގައި ސަރުކާރުގެ ބިމެއްގައި ދަނޑުވެރިކަން ކުރަމުން އައި ފަގީރު ދެމަފިރިން އެބިމުން ބޭރުކުރުމަށް އިންޑިއާފުލުހުން އެދެމީހުންނަށް އަނިޔާ ކުރުމުގެ ސަބަބުން އެ ދެމަފިރިން އަމިއްލަ މަރުވާން މަސައްކަތް ކޮށްފިއެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައި ވަނީ، މިހާދިސާއާއި ގުޅިގެން މި ދެމަފިރިން އަމިއްލައަށް މަރުވާން މަސަތްކަތް ކޮށްފައި ވަނީ ޕެސްޓިސައިޑް ބޮއެގެން ކަމަށެވެ. މިހާރު މި ދެމަފިރިންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް މަދްޔަ ޕްރްދޭޝްގެ ގުނާ ޑިސްޓްރިކްޓުގެ ހޮސްޕިޓަލަކާއި ހަވާލާދީ ވަނީ ރިޕޯރޓްކޮށްފައެވެ.

Ad
rt

އުމުރުން 38 އަހަރުގެ ރާމް ކުމާރް އަހިރްވާރް އަދި 35 އަހަރުގެ ސާވިތްރީ ދޭވީ އަށް ފުލުހުން ދިން އަނިޔާގެ ސަބަބުން އެދެމީހުންވަނި އެތަނަށް ހޭނެތިގެން ވެއްޓިފައެވެ. ފުލުހުން އެދެމަފިރިންނަށް އަނިޔާ ކޮށްފައި ވަނީ އެދެމަފިރިންގެ ދަރިންގެ ކުރިމަތީގައި ކަމަށް ރިޕޯރޓްލިބެއެވެ.

ސޯޝަލް މީޑިއާގައި ވަނީ ފުލުހުން އެދެމަފިރިންނަށް ކުރަމުންދިޔަ އަނިޔާ ފެންނަ ވީޑިއޯއެއް އަންގާރަ ދުވަހު ދައުރުވާން ފަށާފައެވެ. މިވީޑިއޯ މިހާތަނަށް އެއްމިލިއަނަށްވުރެން ގިނަމީހުންވަނި ބަލާފައެވެ.

އިންޑިއާގެ ސަރުކާރުގެ އިސްބައެއް ފަރާތްތަކާއި ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ މިއަނިޔާވެރި އަމަލު ކުށްވެރިކުރަމުންނެވެ. މިހާދިސާއާއި ގުޅިގެން އިންޑިއާ ފުލުހުންގެ 6 އޮފިސަރަކު ސަސްޕެންޑް ކުރެވި މައްސަލަ ހިނގާދިޔަގޮތް ބަލަމުން އަންނަ ކަމަށް ޙަބަރު ލިބެއެވެ.

އިންޑިއާގެ އެސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރ ކަމާލް ނާތް ވަނީ މިއީ ރަހުމުކުޑަ އަމަލެއްކަމަށާއި، ޖަންގަލީތެރޭގެ އުސޫލުކަމަށް ވިދާޅުވެފައެވެ.