ހދ. ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ފުޓްސަލް ދަނޑުގެ ކޮންޓްރެކްޓަރ ގެ މަސައްކަތް ނިންމާ ކައުންސިލްއާއި ހަވާލުކޮށްފައިވާކަމަށާއި ނަމަވެސް އަދި ބޭނުން ކުރުމަށް ރަސްމީކޮން ކައުންސިލްއާއި މިނިސްޓްރީއިން ހަވާލުކޮށްފައިނުވާކަމަށެވެ. މިހާރު މިކަމުގެ ހުއްދައަށް އެދި ޔޫތު މިނިސްޓްރީއަށް ލިޔެފައިވާނެކަމަށް އަމީން ބުނެފައިވެއެވެ.
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން މިމަސައްކަތް އެންމެ ފުރަތަމަ އިޢުލާން ކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓުމަހު މޯލްޑިވްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ އެވެ. ތަފާތު އެކު ސަބަބު ތަކާއިހެދި މިދަނޑުގެ މަސައްކަތް ހުއްޓިފައިއޮތުމަށްފަހު އަލުން ފެށިފައިވަނީ މިދައުރުގައެވެ.
މިދަނޑަކީ ސަރުކާރުން އެކި އަހަރުތަކުގެ ބަޖެޓުގައި ހިމަނައިގެން ހިންގާފައިވާ މަޝްރޫޢުއެކެވެ. އެގޮތުން2018 ވަނަ އަހަރުގެ ބަޖެޓުގައި 477،185 ރުފިޔާ، 2019 ވަނަ އަހަރު 570،000 ރުފިޔާ އަދި 2020 ވަނަ އަހަރު 79،105 ރުފިޔާ ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!