ފަރުޟުކުރައްވާފައިވާ އަޅުކަންތައް ތަކުގެ ތެރެއިން އެއް އަޅުކަންތައް ނިމުމަކަށް އަންނަނީއެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން އަމިއްލަ ނަފްސާ ކޮއްލަން ޖެހޭ އެތައް އެތައް ސުވާލެއް އެބަހުއްޓެވެ. އެގޮތުން އަޅުގަނޑުމެންނަށް މިމަތިވަރި މައްސަރުގެ އަޅުކަން އަދާކުރެވުނު ގޮތާމެދު ހިތްހަމަ ޖެހޭތޯއެވެ؟
މިމައްސަރުގެ ސަބަބުން ރަނގަޅުކުރެވުނީ އަޅުގަނޑުމެންގެ ކޮންކޮން ކަންތައްތަކެއް ތޯއެވެ؟ މި މައްސަރުގެ ސަބަބުން ނަމާދަށް ދެވުނު ސަމާލުކަން އެހެނިހެން މައްސަރުތަކުގައި އަދާ ކުރެވެނެ ތޯއެވެ؟
އިސްވެ ދެންނެވުނު ސުވާލުތަކަށް ނަޒަރު ހިނގާލަމާ ތޯއެވެ. އެގޮތުން އެންމެ ފުރަތަމަ ސުވާލުގެ ޖަވާބު މިގޮތަށް އާދޭ ހެއްޔެވެ؟ ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް ހޭދަވީ އެކަށީގެން ވާ ރަނގަޅު ގޮތަކަށެވެ. ﷲ ސުބުޙާނަހޫ ވަތަޢަލާގެ ރަސޫލާގެ އަމަލުތައް ބެހެއްޓެވި ގޮތައް ބެހެއްޓޭތޯ ބެލުމަށް މަސައްކަތް ކުރެވުނުވެ. ފަހުދިހާގެ ރޭތަކުގައި އަލުކަމުގައި ގިނަވަގުތު ހޭދަކުރެވުނެވެ. އެހެންވެއްޖެ ކަމަށްވަނި ނަމަ ތީ ވަރަށް ރަނގަޅު ފާލެކެވެ.
އަނެއް ސުވާލުގެ ޖަވާބުގައި ތިބާ ބުނާނި މިގޮތަށް ހެއްޔެވެ؟ މިމައްސަރުގެ އަޅުކަމުގެ ސަބަބުން އަލުގަނޑުގެ ކިބާގައި ހުރި ދަހިވެތިކަމާއި ހަސަދަވެރިކަންފަދަ ގޯސް ސިފަތައް ފުހިވެގެން ހިނގައްޖެއެވެ. މީގެ އިތުރުން ނިކަމެތި ފަޤިރުންގެ އިހުސާސްތައް ދެނެގަނެވިއްޖެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެފަދަ ނިކަމެތިންނަށް އެހިތެރިކަން ދާއިމީކޮށް ފޯރުކޮށްދޭ ހިތްވެއްޖެއެވެ. މިއީ އެސުވާލުގެ ޖަވާބުނަމަ ތީ ވަރަށް ބޮޑު އުފަލެކެވެ.
ﷲ އިރާދަކުރެއްވިޔާ މިމަތިވެރި މައްސަރުގައިވެސް ނަމާދަށް ދިން ސަމާލުކަން ދޭނަމޭ ބުނެ އެގޮތަށް ޢަމަލު ބެހެއްޓިއްޖެނަމަ ތިބާއަށް ރަމަޟާން މަހުގެ ސަބަބުން ވަރަށް ގިނަގުނަ ފައިދާތަކެއް ހާޞިލުވީއެވެ. މީގެ އިތުން ތިމާ ޢާޚިރަތުގައި ކާމިޔާބު ހޯދުމަށް ތިކުރާ މަސައްކަތައް އިތުރު ހިތްވަރެއް ލިބުނީއެވެ. އަޅުގަނޑުގެ ދުއާއަކީ މި މަތިވެރި މައްސަރުގެ ބަރަކާތް އެންމެހާ މުސްލިމު އަކުންނާއި އުޚުތުންނަށް ހާޞިލުވެގެން ދިޔުމުގެ ހެޔޮ ތަޢުފީޤު ﷲ މެދުވެރި ކުރެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!