ހއ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށް ރައްޔިތުން ނިކުމެ ފުލުހުންނާއި ހަވާލުކޮށްފިއެވެ.

މި މީހާ ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް މީސްމީޑިޔާގައި މިހާރުވަނީ އާއްމުވެފައެވެ. މިވީޑިއޯއިން އެމީހާ ބަރަހަނާ ހާލުގައި ހުރެ އެއްޗެހިލާ މަންޒަރު ފެންނައިރު އެމީހާގެ ޖަންގިޔާ އޮތީ ބޮލުގައި އަޅާފައެވެ. އަދި އެމީހާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލް އަކަށް އަރުވާ މަންޒަރު ފެނިފައިވެއެވެ. ދައުރުވަމުންދާ މިވީޑިއޯއިން އޭނާ އެއްޖިންސުން ގުޅުން ހިންގި ކުޑަކުއްޖާ ނުފެނެއެވެ.

Ad
rt

އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މިކަމާއި ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ.

އެމީހާ އަތުލައިގެންފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް މިރޭ ހާރު ދަމުކަމަށް އެރަށުން ވާހަކަ ދެއްކިމީހަކު ބުނެފައިވެއެވެ. އެރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ މި ފިރިހެންމީހާގެ ދެ އަނބިން ތިބޭކަމަށާއި ދެ ފިހާރައާއި ރެސްޓޯރެންޓަކާއި އަދި ކަންނެލި ދޯންޏެއް އޮންނަ ކަމަށެވެ. އޭނާ އަކީ ރާއްޖޭގައި ގިނަބަޔަކު ދަންނަ މަޝްހޫރު ވިޔަފާރިވެރިއެކެވެ.