ބަންގްލަދޭޝް އަށް ނިސްބަތްވާ 72 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 468 އަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ތައްޔާރުކޮށްފައިވާ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން މި ބައްޔަށް އެންމެ ފަހުން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ ރާއްޖޭގައި މަސައްކަތް ކުރާ މީހުންނެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 468 އަށް އަރާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 323 ބިދޭސީންނާއި 145 ދިވެހިންނެވެ.

ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހަކަށް ވެފައި މިވަނީ އިއްޔެ (އޭޕްރީލް 30) އެވެ. އިއްޔެ އެކަނި ވެސް 188 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 170 މީހުންނަކީ ބިދޭސީންނެވެ. މި 170 މީހުންގެ ތެރެއިން 32 މީހުން ނިސްބަތް ވަނީ އިންޑިއާ އަށް އަދި ބާކީ ދެ މީހުންނަކީ ނޭޕާލްގެ މީހުންނެވެ. ދިވެހިންގެ އަދަދަކީ 17 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!