މި އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކޮށްފިކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ބުނެފިއެެވެ.
އެމިނިސްޓްރީއިން ދެންމެ ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް10
ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އަދި ބީޓެކް ގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖަޢާކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި ނިންމުމާއި ގުޅިގެން ދެން އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުގެ މަސައްކަތް ކުރަމުންދާ ވާހަކަ ވެސް އެދެންނެވުމުގައި ބުނެފައިވެއެވެ.
މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްކަމަށާއި
އަދި މިބަދަލާ ގުޅިގެން ކީސްޓޭޖް 5 (ގްރޭޑް 11 އަދި 12 ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު
ހަމަޖެހިފައިވާ ތާރީޚްތަކަށް އިތުރުބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާވާހަކަވެސް ދެންނަވާފައިވެއެވެ.
އަޅުގަނޑުމެންގެ އިޚްލާސްތެރި ދުޢާއަކީ ދުނިޔެއިން މިބަލިމަޑުކަން ފިއްލަވައި އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކުރެއްވުމެވެ. މިބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ކިޔަވާކުދިންނާއި އެކުދިންގެ
ބެލެނިވެރިންނާއި އެކުދިންނަށް ތަޢުލީމުދިނުމުގައި އެކި މިންވަރަށް އެހީތެރިވާ އެންމެހާފަރާތްތަކަށް ދުޅަހެޔޮ ހަށިހެޔޮ މާދަމައެއް މިންވަރުކުރެއްވުމެވެ. އާމީން.
އެ ދެންނެވުމުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!