ކޯވިޑް-19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލާއި ޓާސްކްފޯހުން އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ހޯރަފުށީ ކައުންސިލުން ނިންމައިއެވެ.
އެކަމާއި ގުޅިގެން އެކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލާއި ޓާސްކްފޯހުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރަށު ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެނިންމުން ދަމަހަށްޓާފައިވަނީ އެރަށު ކޯވިޑް-19 ޓާސްކް ފޯހުގެ ޓާސްކްފޯހުގެ ލަފާގެ މަތިން ކަމަށްވެސް އެކައުންސިލުން ބުނެފައި ވެއެވެ.
ހޯރަފުށީ ކައުން ސިލުން ބުނީ އެ ފިޔަވަޅުތައް ދެމެހެއްޓީ އެޗް.ޕީ.އޭ އިން ހޯރަފުށި މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނެސްފައިވީ ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން ހޯރަފުށީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ އިހަވަންދޫ ކާވިޔާބޯޓުން ދަތުރުކުރި ފަރާތެއް ކޯވިޑް-19 އަށް ފައްސިވެފައިވާ މިދަނޑިވަޅުގައި، އެފަރާތާއި އެއްބޯޓަކުން ދަތުރުކުރި ފަރާތްތައް މިވަގުތު އެކަހެރި ކުރެވިފައިވާތީއާއި، މިދެންނެވި ފައްސިވެފައިވާ ފަރާތާއި ސީދާ ބައްދަލު ވީ ފަރާތެއް 2020 އެޕްރީލް 21 ވަނަދުވަހު މިބައްޔަށް ފައްސިވެފައިވާކަން އެޗް.ޕީ.އޭ އިން އަންގަވާފައިވާތީއާއި، އަދި ތަފާތު ހާލަތްތަކުގައި ކޮށްފައިވާ ދަތުރު ތަކާއި ގުޅިގެން އެކަހެރި ކުރެވިފައިވާ ފަރާތްތަކުގެ 14 ދުވަހުގެ މުއްދަތު
ހަމަވެފައި ނުވާތީއާއި، މިޙާލަތުގައި ރަށުކައުންސިލުން ކަށަވަރު ކުރަންޖެހޭ ކަންކަން އަދި މިވަގުތަށް ކަށަވަރު ކުރެވިފައި
ނުވާތީ ކަމުގައި އެ ކައުންސިލުން އިތުރަށް ބުނެފައި ވެއެވެ.
" ކޯވިޑް-19 ފެތުރެމުން ފައްސިވަމުންދާ މިހާލަތުގައި އެކި ފެސިލިޓީސް ތަކުގައި ކަރަންޓީން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާ ފަރާތްތައް ރަށްރަށަށް ދަތުރު ކުރުމާ ގުޅޭގޮތުން އެޗް.ޕީ.އޭއިން ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުގެ މަތިން ޢަމަލު ކުރަމުންދާނެ ކަމުގައި ދަންނަވަމެވެ. އަދި ކޮވިޑް19 އާއި ގުޅިގެން ދަންނަވާ ދެންނެވުންތަކާއި، ޚާއްޞަ ހާލަތްތަކުގައި ދޫކުރަމުންދާ އެންމެހާ
ހުއްދަތައް ރަށުކައުންސިލްތަކުގެ ބެލުމުގެ ދަށުން ދޫކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންގަވާފައިވާތީ އެ ހުއްދަތަކާއި އެންމެހާ ދެންނެވުންތައް ދަންނަވަމުންދާނީ ރަށުކައުންސިލުގެ ރަސްމީ ތައްގަނޑު ޖެހިގެން ކަމުގައި ދަންނަވަމެވެ. " ހޯރަފުށީ ކައުންސިލުގެ ޢިއުލާންގައި ބުނެފައި ވެއެވެ.
— Hoarafushi Council (@Hoara_Council) April 22, 2020
އެހެން ކަމުން އެކައުންސިލްގެ ނިންމުމާއި އެއްގޮތަށް އަމަލުކުރާނެ ކަމަށް އާއްމުކޮށް އަންގާ އިޢުލާން ކުރާ ކަމަށްވެސް އެ ކައުންސިލްގެ ޢިއުލާނުގައި ބުނެފައިވެއެވެ.
ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި އުލިގަމު މީހެއް ކޯވިޑަށް ފައްސިވެފައި ވާއިރު، އުލިގަމު ފިޔަވައި އުތުރުން މޮނިޓަރިން ހާލަށް ގެނައި އެހެން ހުރިހާ ރަށްތައް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ރޭ ވަނީ ކޯވިޑް-19 ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެފައެވެ.
އުތުރުން މޮނިޓަރިން ހާލަތުން ނެގި ރަށްތަކުގެ ތެރެއިން އިހަވަންދޫ، ވައިކަރަދޫ އަދި ތަކަންދޫ ކައުންސިލުންވެސް ރޭ ވަނީ އެރަށް ތަކުގައި އަޅާފައިވާ ފިޔަވަޅުތައް ދަމަހަށްޓަން ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!