ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަމަށް ކަނޑައަޅައި، އާންމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު އެޗްޕީއޭއިން އާންމު ކޮށްފިއެވެ.
އެގޮތުން އެޗްޕީއޭއިން އާންމު ކުރި ޤާވާޢިދަކީ ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އާންމު ޞިއްޙަތު ރައްކައުތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިއްޖެ ހިނދެއްގައި، އާންމުކޮށް ނަން ހާމަކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި ގުޅޭގޮތުން އެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެވެ.
އެ ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލު ކަމަށް އެ ގަވާއިދުގައި ވެއެވެ.
އާންމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު




ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!