ވަރަށް ޙާއްސަ އިނާމްތަކާއިއެކު "ބެސްޓް ބަޑީ ރޯދަ ސޭލް" ފަށައިފިއެވެ. އަންނަ ރޯދަމަހާއި ދިމާކޮށް ބެސްޓް ބަޑީގެ ރޯދަ ސޭލް ފަށާފައިވަނީ ބޮޑެތި ޑިސްކައުންޓު ތަކާއި އެކުއެވެ. އެގޮތުން 10% އާއި 30% އާ ދެމުދުގެ ޑިސްކައުންޓް ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.
މިސޭލްއިން -/500 ރުފިޔާ އިން މަތީގެ ވިޔަފާރިކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ސްކޫޓަރއެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިންހެ ތެރޭގައި އިތުބާރު ހޯދަމުން އަންނަ ހާރޑްވެއަރ ސާމާނު "އެމްޕީޓީ ޓޫލްސް ބަންޑެލް" ތަކެވެ. ތިންވަނައަށް ހޮވޭ ފަރާތަކަށް ތިން ސީޓުލީ ބައިސްކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިސޭލް ކުރިއަށްދާނީ ކުޅުދުއްފުށި ސިޓީ "ބެސްޓް ބަޑީ" އިންނާއި ހާޑްވެއަރ ފިހާރަ "ބެސްޓް ސާރކަލް" ގެ އިތުރުން މާފަންނު ޖަވާހިރު މަގުގައި ހުންނަ ”ބެސްޓް ބަޑީ 2″ އިންނެވެ.

މިސޭލް ކުރިއަށް ދާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށެވެ. ކުޅުދުއްފުށީ "ބެސްޓް ބަޑީ" އަދި "ބެސްޓް ސާރކަލް" އިން އޯޑަރ ދެއްވުމުން ފެރީތަކަށާއި ކުޅުދުއްފުށީ ސިޓީގެ ގޭބީސީތަކަށް ޑެލިވަރީ ކޮށްދެވޭނެއެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ވެސް ޑެލިވަރީގެ ޚިދުމަތް އެފަރާތުން އަންނަނީ ދެމުންނެވެ. އެގޮތުން ދޯނި ފަހަރާއި ގޭބީސީތަކަށްވެސް އޯޑަރ ކުރެއްވުމުން ގެންގޮސްދެވޭނެކަމަށް އެފަރާތުން ބުނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބެސްޓް ބަޑީ ކުޅުދުއްފުށި 9193965، ބެސްޓް ސާރކަލް 6528980 އަދި މާލެ ސަރަހައްދުން ނަމަ 9936915 ނަންބަރ އަށް ގުޅުއްވުމަށް އެދެއެވެ.

ރަށު ޕިކަޕް ނުވަތަ ބެޓެރި ޕިކަޕް، ބެޓެރި ސައިކަލް، ބެޓެރި ކާރު، ބެޓެރި ބަގީ، އަދި ހުރިހާ އުމުރެއްގެ މީހުންގެ ބައިސްކަލް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކަމުން ދަނީ ބެސްޓް ބަޑީ އިންނެވެ. ބެސްޓް ބަޑީއިން ވިއްކާ ވެހިކަލްތަކުގެ ސްޕެރޕާޓްސް ވިއްކުމަށްވެސް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ވަނީ ހުޅުވާފައެވެ. އަދި ސްޕެއަރޕާޓް މާލެއިން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ހާޑަވެއަރ ސާމާނާއި ކުޑަކުދިންނަށް ބޭނުންވާނެ ތަފާރު އެކިވައްތަރުގެ ސާމާނުގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ގިނަ ސާމާނުތަކެއް ބެސްޓްބަޑީ ލިބެން ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!