ވަކަރުފަޅި އައިލެންޑް ރިސޯޓު އެންޑް ސްޕާގެ މުވައްޒަފުން މުޒާހަރާ ކުރަމުން އެބަދެއެވެ.
"ރިސޯޓު ބޯއީސް" ފޭސް ބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ވަކަރުފަޅީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްގައި އެ ރިސޯޓުގެ މުވައްޒަފަކު ބުނީ އެ ރިސޯޓުގައި މުޒާހަރާ ކުރަމުންދަނީ ރިސޯޓުގެ ހުރިހާ މުވައްޒަފުން ނޯޕޭލީވަށް ދިޔުމަށް ރިސޯޓުގެ މެނޭޖްމަންޓުން އެންގުމާއި ގުޅިގެން ކަމަށެވެ.
އިތުރަށް އެ މުވައްޒަފު ބުނީ އެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި، ބޭނުމަކީ ރިސޯޓުގެ ހުރިހާ މުވައްޒަފުން ނޯޕޭލީވަށް ދިޔުމަށް ރިސޯޓުގެ މެނޭޖްމަންޓުން އަންގާފައިވާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ.
" ސުލްހަވެރިކަމާއިއެކު ވަކަރު ފަޅީގެ ހުރިހާ މުވައްޒަފުން މިދަނީ ސުއޫރު ފާޅު ކުރަމުން، އެހެންކަމުން ސަރުކަރާއި އެހެން ހުރިހާ ފަރާތްތަކެއް ކިބައިން އެދެނީ މިކަމަށް ހައްލެއް ހޯދައި ދިނުމަށް، ގިނަ މުވައްޒަފުންނަކަށް ނޭނގޭ ވާނުވާއެއް، ކިހިނެއްކަން ކަންތައްވާނީ، މިފުރުޞަތުގައި ހުރިހާ ބެފުޅުންވެސް އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ. " ވީޑިއޯގައި ވާހަކަ ދައްކާ މުވައްޒަފު، އެވީޑިއޯގައި ބުނެފައި ވެއެވެ.
"ރިސޯޓު ބޯއީސް" ފޭސް ބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ވަކަރުފަޅީ މުޒާހަރާގެ ފޮޓޯތަކުންނާއި، ވީޑިއޯއިން އެ ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ސުލްހަވެރިކަމާއިއެކު ކޮޅަށް އެތުރިލައިގެން ތިބި މަންޒަރު ފެނެއެވެ.
އެމުވައްޒަފުން ތިބީ އެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފަހައްޓާލައިގެންނެވެ. އެ ވީޑިއޯއާއި ފޮޓޯތަކުން ރިސޯޓުގެ ދިވެހި މުވައްޒަފުންނާއި، ބިދޭސީ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ފެނެއެވެ.
"ރިސޯޓު ބޯއީސް" ފޭސް ބުކް ޕޭޖުގައި ބުނެފައިވަނީ މިއަދު މެންދުރުފަހު އިތުރު ތިން ރިސޯޓެއް މުޒާހަރާއަށް ތައްޔާރުވެފައި ވާ ކަމަށެވެ.
Vakarufalhi by Mountlevenia workers protesting against forceful indefinite no pay leave. Government must be more responsible towards workers rights, we have already brought these issues to the attention of government #WorkersFirst #Unemploymentbenefit #StaySafe @MoEDmv @MoTmv pic.twitter.com/GkRNkeywXA
— TEAM (@TEAMmaldives) April 10, 2020
އޭގެ އިތުރުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމްޢިއްޔާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭސަން (ޓީމް) އިންވެސް ވަނީ އެ ރިސޯޓުގައި ކުރެވެމުންދާ ސުލްހަވެރި މުޒާހަރާ ކައިރިން ބަލައި ހައްލު ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
ޓީމުން ބުނީ މިކަން ކުރިންވެސް ސަރުކާރުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!