ކުރިއަށް އޮތްލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ބާރު ނާޅާކަމަށާއި، އަދި އެކަމަށް ގޮވާނުލާކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން އެހެންބުނީ މިއަދު އެޕާޓީ އޮފީހުގައި ކުރިއަށްދިޔަ އެޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"އާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

އެނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ސްޕޯކްޕާސަން އަަފްޝަން ލަޠީފް ވިދާޅުވީ އެމްޑިޕީއިން ދެކޭ ގޮތުގައި އިލެކްޝަން ކޮމިޝަނާއި އިންތިޚާބު ލަސްކުރުމަށް އެއްވެސް މަޝްވަރާއެއް ނުކުރަށްވާ ކަމަށް އެކޮމިޝަނުން ވިދާޅުވަމުން ދާކަމަށެވެ. އެހެންކަމުން އެމްޑީޕިއަށް ފެންނަނީ އިލެކްޝަންކޮމިސަނުން އެނިންމަވާ ގޮތަށް އިންތިޚާބު ކުރިންވެސް އޮތް ތާރީޚްގައި ބާއްވާ ކުރިއަށް ގެންދަވާނެކަމަށް ކަމަށާއި، އަދި އެކަމުގައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު އިންތިޚާބު ފަސްކުރުމަކަށް ބާރެއް ނާޅަން އަދި ގޮވައެއް ނުލަން، އަޅުގަނޑުމެން މިދެކޭ ގޮތަކީ މިވައިރަސްއަކީ މުޅި ދުނިޔެއަށް ފެތުރެމުންދާ ރޯގާއެކޭ. ދެން މިރޯގާ މިރާއްޖެއަށް އަންނާނެ ކަމަށް ބަލައިގެން ތައްޔާރުވެ ތިބުމޭ އެންމެ މުހިންމު ކަމަކީ މިހާރު މިރާއްޖޭގައި ހަ ބޭފުޅުން ރާއްޖެއިން ޕޮޒިޓިވްވެފައި، ފެނިފައި ވަނީ، އެހެންކަމުން މިރާއްޖެއަށް ވައިރަސް އައިސްފައިވުމާއެކު ދެން އަޅުގަނޑުމެން ޖެހެނީ އެކަމަށް އެޑެޕްވާށޭ، އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރަމުންދާ މަސައްކަތްތައް ނުވަތަ ދިރިއުޅުން ހުއްޓާލައިގެން ނުތިބެވޭނޭ އެއީ އިންތިޚާބެއްވިޔަސް ނުވަތަ އާންމު ދިރިއުޅުމުގައި ކުރަންޖެހޭ އެހެން ކަންތައްތައް ކަމަށްވިޔަސް،"

"އަޅުގަނޑުމެން މިވަގުތު އިންތިޚާބު ފަސްކުރުމަކަށް ބާރެއް ނާޅަން އަދި ގޮވައެއް ނުލަން، އަޅުގަނޑުމެން މިދެކޭ ގޮތަކީ މިވައިރަސްއަކީ މުޅި ދުނިޔެއަށް ފެތުރެމުންދާ ރޯގާއެކޭ. ދެން މިރޯގާ މިރާއްޖެއަށް އަންނާނެ ކަމަށް ބަލައިގެން ތައްޔާރުވެ ތިބުމޭ އެންމެ މުހިންމު ކަމަކީ މިހާރު މިރާއްޖޭގައި ހަ ބޭފުޅުން ރާއްޖެއިން ޕޮޒިޓިވްވެފައި، ފެނިފައި ވަނީ، އެހެންކަމުން މިރާއްޖެއަށް ވައިރަސް އައިސްފައިވުމާއެކު ދެން އަޅުގަނޑުމެން ޖެހެނީ އެކަމަށް އެޑެޕްވާށޭ، އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރަމުންދާ މަސައްކަތްތައް ނުވަތަ ދިރިއުޅުން ހުއްޓާލައިގެން ނުތިބެވޭނޭ އެއީ އިންތިޚާބެއްވިޔަސް ނުވަތަ އާންމު ދިރިއުޅުމުގައި ކުރަންޖެހޭ އެހެން ކަންތައްތައް ކަމަށްވިޔަސް،" އަފްޝަން ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތައް އަޑުއެހުމުން އެބަލިން ސަލާމަތް ވުމަށް ނުވަތަ ދުރުވުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށާއި، އެމްޑީޕީއިން އެންމެބޮޑަށް ކުރާކަމަކީ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށާއި އެހެންކަމުން އިންތިޚާބު ފަސްކުރާކަށް އެމްޑީޕީއިން ގޮވާ ނުލާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

އެނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ކެމްޕޭނާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އަފްޝަން ވިދާޅުވީ "ރަށްވެހި ފަތިސް" ކެމްޕެއިން ކުރިއަށްދާނެ މައިގަނޑުގޮތް ބަދަލުވެގެންދާނެ ކަމަށާއި ކެމްޕެއިންގެ މައިގަނޑު އެއް ހަރަކާތަކީ ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި އެމްޑީޕީގެ 90 ހާހަށްވުރެ ގިނަ މެމްބަރުންނާއިއެކު ރާއްޖޭގެ ރަށްތަކުގައި އޮތް ވަރުގަދަ ވިއުގަ ބޭނުން ކޮށްގެން ޑަބްލިއުއެޗްއޯއާއި، އެޗްޕީއޭއާއި އެނޫންވެސް ފަރާތްތަކުންދޭ ސިއްޚީ މައުލޫމާތު ފޯރުކޮށްދޭނެކަމަށާއި، މިހާރުވެސް ކޯލް ސެންޓަރުތަކުން މިމައުލޫމާތުތައް ފޯރުކޮށްދެމުން ދާކަމަށް އަފްޝަން ވިދާޅުވިއެވެ. މިމަސައްކަތުގައި އުޅޭ ފަރާތްތަކުން އެދޭ ކޮންމެ ކަމެއްގައު އެމްޑީޕީއިން ބައިވެރިވާނެކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް މެދު ކަނޑާލައި، ކެމްޕެއިން ޓީމުތައްވަނީ އެނބުރި މާލެ އައިސްފައެވެ. ތިންވަނައަށް އެންމެ ބޮޑުޕާޓީ ޖޭޕީގެ ކެމްޕެއިން އަދި ރަސްމީކޮށް ފަށާފައި ނުވާއިރު، އެޕާޓީގެ ކެމްޕެއިން ފެށުމުގެ ޖަލްސާވެސްވަނީ ކޮވިޑް-19 އާއި ގުޅިގެން ވަކި މުއްދަތެއްނެތް ގޮތަށް ފަސްކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިސަނުން ނިންމާފައިވަނީ މިފެށޭ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.