ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ހދ. ވައިކަރަދޫގައި ބޭއްވި ފޯރިގަދަ "އުދުހިލާ 2026" އިވެންޓް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައި، މި ހަރަކާތް ކާމިޔާބުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ސަރުކާރުގެ މުއައްސަސާތަކަށާއި، ވިޔަފާރި ކުންފުނިތަކަށް އަދި އަމިއްލަ އެންމެހައި ފަރާތްތަކަށް އެ ޖަމްޢިއްޔާއިން ޚާއްޞަ ޝުކުރެއް އަދާކޮށްފިއެވެ.

މި އިވެންޓްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ތިލަދުން" ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ "ދިރާގު" އެވެ. އަދި ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ވައިކަރަދޫ ކައުންސިލް އިދާރާ އާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ގެ އިތުރުން "މެރިނިކްސް" އިން ވަނީ މި ހަރަކާތަށް އަގުހުރި އެހީތެރިކަމެއް ދީފައެވެ.

Ad
rt

އިވެންޓް ފުރިހަމަކަމާއެކު ކުރިއަށް ގެންދިޔުމުގައި ކޮމިއުނިޓީ ސްޕޮންސަރުންގެ ގޮތުގައި ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، ދަ ހޯކްސް، އަދޫ، ވައި ކަރަ ދޫ، ޕެންޓަގްރާމް، ކަލްސަސް، ސީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އެމްވީ ރެސިން އާރޓް، ޑޭ ނައިޓް މޯލްޑިވްސް، ބްލޫ ކޭ މާރޓް، ސްމައިޑަރމޭން، ރިލަސް އިންވެސްޓްމަންޓް، އޯޝަން ރަނާރ އަދި ވެސްޓާންސް އެސްސީ ހިމެނެއެވެ.

މީގެއިތުރުން، އިވެންޓްގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެކި ދާއިރާތަކުން ޕާޓްނަރުންގެ ގޮތުގައި ފަރާތްތަކުން އެއްބާރުލުން ދީފައިވެއެވެ. އެގޮތުން ފެބްރިކް ޕާޓްނަރެއްގެ ގޮތުގައި "ހަވާ އިންވެސްޓްމަންޓް" އަދި ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި "އަކުއަ ކިޔުބް" އިން އެހީތެރިކަން ދީފައިވާއިރު، ކޮލަބްރޭޝަން ޕާޓްނަރުންގެ ގޮތުގައި އޯޝަން ޕަލްސް، ޖަލްބޫޓް އެންޑް ކޯމަސް ބައި ޖަލްބޫޓް، އިންފެންސީ ކިޑްސް އަދި ހަކި ޝޮޕުން ވަނީ ބައިވެރިވެފައެވެ.

ހަމައެއާއެކު، އިވެންޓްގެ ފޮޓޯގްރާފީ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވި ހަސީން އަދި އަންތަރީސްގެ އިތުރުން، އޮފިޝަލް ޕްރިންޓިންގ ޕާޓްނަރު "ބްލޫ ޕްރިންޓް" އާއި، ސްޕޮންސަރޝިޕްގެ ގޮތުގައި އެހީތެރިވެދިން ވިންޑް ވޭރިއާސް، އީކާޓް އެމްވީ އަދި ސޯލް ވޯކަރ އަށް ވެސް ވައިރޮދި ޖަމްޢިއްޔާއިން ވަނީ ޝުކުރު ރައްދުކޮށްފައެވެ.

މި އިވެންޓް ބޮޑު ކާމިޔާބީއަކަށް ހެދުމުގައި ވައިކަރަދޫ ރައްޔިތުންނާއި، ލޮބުވެތި ބެލެނިވެރިންގެ ފަރާތުން ލިބުނު ފުރިހަމަ ތަރުޙީބާއި އެއްބާރުލުން ފާހަގަކޮށް، ވައިރޮދި ޖަމްޢިއްޔާއިން ވަނީ އެ އެންމެހައި ފަރާތްތަކަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.