ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން ރާއްޖެ ގެނައި އެއަރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

Ad
rt

މޯލްޑިވްސް ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެވުނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން ކަމަށެވެ.

އެގޮތުން، ޝައްކުކުރެވުނު އެއަރފްރައިޓް ޝިޕްމަންޓް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި، އޭގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތި ބަލައި ފާސްކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ތަފުސީލުތަކަށް ބަލާއިރު، މި ޝިޕްމަންޓުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 6،750 ގްރާމް (6.75 ކިލޯގްރާމް) ހުއްޓެވެ.