ކ. ފިނޮޅުފަޅުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިމުގެ ތެރެއިން ކަނޑައަޅާފައިވާ ސަރަހައްދަކީ "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް" (އޯއީސީއެމް) ގެ ލަގަބު ލިބިފައިވާ ސަރަހައްދެއް ކަމުގައި ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވަނީ ކަމާބެހޭ އިއުލާނު އާންމުކޮށް ޝާއިއުކޮށްފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި ސަރަހައްދަކީ އޯއީސީއެމްގެ ލަގަބު ލިބިފައިވާ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވަނީ އުސޫލު ނަންބަރު 2022/G-12 ކަމަށްވާ "ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި 'އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް' (އޯ.އީ.ސީ.އެމް) ޤާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު" ގެ ދަށުން ކަމަށެވެ.
އެ އުސޫލުގެ ދަށުން ކ. ފިނޮޅުފަޅުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިމުގެ ތެރޭގައި ކަނޑައަޅާފައިވާ އެ ސަރަހައްދަކީ އޯއީސީއެމް ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، މިކަން އާންމުކޮށް އަންގައި އިއުލާނުކޮށްފައިވަނީ 12 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ.
މީގެއިތުރުން، އެ ސަރަހައްދު ބެލެހެއްޓުމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލުތައްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، މި ސަރަހައްދު ބެލެހެއްޓުމުގައި އަމަލުކުރާނީ އުސޫލު ނަންބަރު 2022/G-12 ގެ ދަށުން އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ ހާއްސަ މެނޭޖްމަންޓް ޕްލޭންގައިވާ ގޮތުގެ މަތިން ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!