ހދ. ހަނިމާދޫ ކައުންސިލްގެ "ޖަވާހިރުލް ޤުރުއާން މުބާރާތް 1448" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހަނިމާދޫ ސްކޫލް ގުޅިގެން ބޭއްވި މި މުބާރަތުގެ އެންމެ ޚާއްޞަ އަދި ފަޚުރުވެރި ދެ މަގާމު ހާސިލްކޮށްފައި ވަނީ ޖަވާހިރުލް ޤުރުއާން އެވޯޑާއި ރަންތާޖު ޙާޞިލް ކުރީ މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދި، އެ ރަށު، ސިޑްނީ، މާކިން ބިން މުޙައްމަދު އަޝްރަފާއި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވާ ގަހާ، އާމިނަތު އަންޖަލް ޙުސައިނެވެ.

Ad
rt

ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށާއި، ކީރިތި ޤުރުއާނަށް އަޙުލުވެރި ކުރުވުމުގެ މާތް މަޤްޞަދުގައި ބޭއްވުނު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭގެ ވަގުތެއްގައި ވަނީ ބާއްވާފައެވެ. އަދި މި މުބާރާތް ޝަރަފްވެރި ކޮއްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް އެވެ.

ނުވަ އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި، ކޮންމެ އުމުރު ފުރާއަކުންވެސް ދެ ގޮފި ވަކިން، 1ވަނަ، 2ވަނަ އަދި 3 ވަނަ ހޮވާފައިވެއެވެ. އޭގެއިތުރުން 26 އަަހަރުން ދަށުގެ ބައިވެރިންގެ މެދުގައި ވެސް ކޮންމެ ގޮތްޕަކުން، 1 ވަނަ، 2ވަނަ އަދި 3ވަނަ ހޮވާފައިވެއެވެ.

ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި އަހަރު ބޭއްވުނު މި މުބާރާތަކީ ކައުންސިލްގެ ނިމިދިޔަ ދައުރުއްސުރެ، ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި މިއީ " ޖަވާހިރުލް ޤުރުއާން" މުބާރާތުގެ 5 ވަނަ މުބާރާތްކަމަށެވެ.