ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބެލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން މިއަދު އިޢުލާން ކޮށްފިއެވެ.

އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ލިޔަންކިޔުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ ސަމާލުކަންދޭންޖެހޭ ދާއިރާތައް ކަނޑައަޅައި އެދާއިރާތަކުން މަސައްކަތް ކުރުމަށް މިއަހަރު ބޭއްވުނު ނުރަސްމީ ތަޢުލީމުގެ މަހާސިންތާއިން ނިންމުމާއި ގުޅިގެން ލިޔަން ކިޔަން ނުދަންނަ މީހުންގެ ލިސްޓެއް އެކުލަވާލުމަށް ވަނީ އަންގަވާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އެރަށުގެ އާބާދީގައި ހިމެނޭ އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުފުރާގައި ލިޔަން ކިޔަން ނުދަންނަ ފަރާތްތަކުގެ ފުރިހަމަ ނަން ، ދާއިމީ އެޑުރެސް ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ އަދި ގުޅޭނެ ފޯން ނަންބަރ 14 އެޕްރީލް 2020 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެއިދާރާގެ ނަންބަރ 6528831 އަށް ގުޅުއްވައި (ނަންނޯޓް ކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި) ނަންނޯޓް ކުރެއްވުމަށް އެކައުންސިލުންވަނީ އެދިފައެވެ.

ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަބްދުﷲ އަސްއަދު މަޢުލޫމާތު ދެއްވިގޮތުގައި މިއީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާައި އަތޮޅު ކައުންސިލާއި ގުޅިގެން އެކުލަވާލާ ދަފްތަރަކަށް އެއްކުރެވޭ މަޢުލޫމާތެކެވެ. އެގޮތުން ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލް ތަކުންވެސް މިދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށެ ބުނެފައިވެއެވެ.