ހދ. ކުޅުދުއްފުށީ ސިޓީގައި ކޮމިއުނިޓީ ބޭސްޑް އާލީ ވޯނިން ސިސްޓަމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
2026 ޖޫން 7 އާއި 8 ގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން، އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މުޢާޒް ޙަލީމެވެ. އަދި ބައްދަލުވުން ނިންމަވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ.
މި ބައްދަލުވުމުގެ ބައިވެރިން ވަނީ ދެ ދުވަހުގެ މުއްދަތަށް، 'ކޮމިއުނިޓީ ބޭސްޑް އާލީ ވޯނިންގ ސިސްޓަމް' ގެ ޓާރމްސް އޮފް ރިފަރެންސް މުރާޖަޢާކޮށް، އަމަލީ ގޮތުން މަސައްކަތް ކުރާނެ ރޯޑްމެޕެއް އެކުލަވާލައި، 'ރެޒިލިއަންސް ޓީމް' އިފްތިތާހުކުރުމަށް އިގުރާރުވެފައެވެ.
މިއީ 2025 އޮކްޓޫބަރުގައި ފެށުނު ސިލްސިލާގެ ތިންވަނަ މަސައްކަތު ބައްދަލުވުމެވެ. ގާބިލުކަން އިތުރުކުރުމުގެ ތަމްރީނެއްގެ ގޮތުގައި ފެށުނު މި މަސައްކަތް މިހާރު ވަނީ މުޖުތަމައަށް ފެންނަން އޮތް ހަގީގީ މަސައްކަތަކަށް ބަދަލުވެފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ އެ ކައުންސލުން ވަނީ 'ރެޒިލިއަންސް ޓީމް' ގެ މޮޑެލް ބަލައިގަނެ، ޓާރމްސް އޮފް ރިފަރެންސް އަމަލީ ގޮތުން ތަންފީޒުކޮށް، މި މަސައްކަތް މުޖުތަމައުގައި ދިރުވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރުމަށް ނިންމާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މަސައްކަތު ބައްދަލުވުމުގެ ދެ ދުވަހަކީ ކުޅުދުއްފުއްޓަށް މާނަހުރި ދުވަސްތަކަކަށް ހަދައިދިނުމުގައި ބައިވެރިވި ޔޫ.އެން.އޯ.ޑީ.ސީ، އެން.ސީ.ޓީ.ސީ، އޮސްޓްރޭލިއާ ސަރުކާރު، ފެސިލިޓޭޓަރުން އަދި ހުރިހާ ބައިވެރިންނަށް އަޅުގަނޑުމެން ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!