ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

މިގޮތުން ރައީސް ވަނީ އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެޤައުމުގެ ރަސްގެފާނު ޢަބްދުالله ދެވަނަ އިބްނު އަލް ޙުސައިންއަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑޮކްޓަރ ޖައުފަރު ޙަސަންއަށް، ތަހުނިޔާ ސިޓީފުޅު ފޮނުއްވާފައެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި އުރުދުންގެ ރަސްގެފާނަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިޚުލާސްތެރިކަމާއެކު އުރުދުންގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. ‎

ރައީސް މެސެޖުގައި، ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

އުރުދުން ނުވަތަ ޖޯޑަންގެ މިނިވަން ދުވަހަކީ 25 މެއި އެވެ. އެގައުމަށް އިނގިރޭސި އިސްތިއުމާރުގެ ދަށުން މިނިވަންކަން ލިބިފައި ވަނީ 25 މެއި 1946 ގައެވެ. އެހެންކަމުން މިއީ އުރުދުންގެ 80 ވަނަ މިނިވަން ދުވަހެވެ.