ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

Ad
rt

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ފެލިދެއަތޮޅުގައި ގެއްލުނު ޑައިވަރުން ހޯދުމަށް ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.

ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން

މި ހާދިސާގައި އިޓަލީގެ ފަސް ފަތުރުވެރިއަކަށް ނުރައްކާތެރި ހާލަތެއް މެދުވެރިވިއިރު، އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު މީހުން އަދިވެސް ފެނިފައިނުވާތީ، އެ މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެއްލުނު މީހުން ހޯދުމަށް ކުރާ މަސައްކަތުގައި ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މި އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.