ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އޭޕްރީލް 9 ވަނަ ދުވަހު ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާދެމުން ދިޔަ ބިދޭސީ މީހާ މަރުވެއްޖެއެވެ.

އެ ދުވަހު ހެނދުނު 9:30 ހާއިރު ހިނގި މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

Ad
rt

އުމުރުން 40 އަހަރުގެ އެ މީހާ ފިހިގެން ފުރަތަމަ ފަރުވާ ދިނީ ފީއަލީގައެވެ. އޭނާ އަށް ފީއަލީ ސިއްހީ މަރުކަަޒުގައި ފަރުވާދޭން ފެށުމަށްފަހު ހަމަ އެ ދުވަހު އިތުރު ފަރުވާއަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. އަދި އެއަށްފަހު އޭނާ މާލެ ގެނެސް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

ފީއަލީ އަލިފާން: ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެ

ފުލުހުން މިއަދު ބުނީ އޭޕްރީލް 9 ވަނަ ދުވަހު ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، ފަރުވާ ދެމުންދަނިކޮށް 2026 މެއި 4 ވަނަ ދުވަހު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މެއި 5 ވަނަ ދުވަހު ގައުމަށް ފޮނުވާލާފައިވާކަމަށް ވެސް ބުންޏެވެ.

ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފި، އައިސްޕްލާންޓާއި ތިން ދޯނި އަނދައިފި

ފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވެ ހިނގި މި ހާދިސާގައި އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު، ތެޔޮ ބޯޓުގެ އިތުރުން ކައިރީގައި އޮތް ތިން ދޯންޏަކާއި ފީއަލީގެ އައިސްޕްލާންޓް ވަނީ އެއްކޮށް އަނދާފައެވެ.