ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ނަޖާހު މި މަގާމަށް އައްޔަންކުރެއްވީ 23 ޑިސެމްބަރު 2024 ގައެވެ.

Ad
rt

އޭނާ މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަޖާހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު 23 ޑިސެމްބަރު 2024 ގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުހައްމަދު ނަޖާހަކީ ލޮޖިސްޓިކްސް ދާއިރާއިން މާސްޓާސް ހާސިލްކުރައްވައި، 21 އަހަރު ވަންދެން ސިފައިންގެ ހިދުމަތުގައި އުޅުއްވާފައިވާ ބޭފުޅެކެވެ.

ފެނަކައިގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.