މި ބަރަކާތްތެރި 2026 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި، އެމެރިކާގެ ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ) އިން އެ މުއައްސަސާގެ މައި މަރުކަޒުގައި ރަމަޟާން މަހުގެ ހަރަކާތްތައް ފާހަގަކުރުމާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ އިވެންޓްތަކެއް ބާއްވައިފިއެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެންވައިޕީޑީ ގެ މައި މަރުކަޒުގައި ބޭއްވުނު ދެވަނަ އަހަރީ ރަމަޟާން ހަނދު ދިއްލުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ޖެސިކާ އެސް. ޓިޝް އާއި، އެ މުއައްސަސާގައި މަސައްކަތްކުރާ މުސްލިމް ފުލުހުންނާއި މުޖުތަމައުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކީރިތި ގުރުއާނުގެ ބަރަކާތްތެރި އާޔަތްތަކުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދުނިޔޭގެ ސުލްހަވެރިކަމާއި އެކުވެރިކަމަށް އެދި ދުޢާކޮށްފައިވެއެވެ. އަދި އެންވައިޕީޑީ ގައި ހިދުމަތްކުރާ 3,500 އަށްވުރެ ގިނަ މުސްލިމް މުވައްޒަފުންނާ މެދު އެ މުއައްސަސާއިން ފަޚުރުވެރިވާކަން މި ބައްދަލުވުމުގައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ)އިން ރަމަޟާން މަސް ފާހަގަކުރުން، ފޮޓޯ:އެންވައިޕީޑީ
މީގެ އިތުރުން، ރަމަޟާން މަސް ފެށުމުގެ ކުރިން އެންވައިޕީޑީގެ ކޮމިއުނިޓީ އެފެއާޒް ބިއުރޯ އާއި މުސްލިމް އޮފިސާސް ސޮސައިޓީ ގުޅިގެން ވަނީ ދީނީ އިލްމުވެރިންނާއި، ފުލުހުން އަދި މުޖުތަމައުގެ މެންބަރުންނާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރޯދަމަހުގެ ތެރޭގައި ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކަކު އަނެކަކަށް އިހުތިރާމްކޮށް އެހީތެރިވުމުގެ މާހައުލެއް ގާއިމުކުރުމެވެ.
ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ)އިން ރަމަޟާން މަސް ފާހަގަކުރުން، ފޮޓޯ:އެންވައިޕީޑީ
މިފަދަ ހަރަކާތްތަކަކީ މުއައްސަސާތަކާއި ރައްޔިތުންގެ މެދުގައި އިތުބާރު ބަދަހިކުރުމަށާއި، ދީނީ ތަފާތުތަކަށް އިހުތިރާމްކޮށް އެކަކު އަނެކަކަށް ބަލައިގަތުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
އެންވައިޕީޑީ އިން ވަނީ މުސްލިމް އުންމަތަށް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުވައި، ކެތްތެރިކަމާއި ހަމްދަރުދީ އިސްކުރުމަށް ބާރުއަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!