އަތޮޅުތަކުގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ޓްރެކް ކުރެވޭނެ ހާއްސަ ސިސްޓަމެއް އިމިގްރޭޝަނުން މިއަދު ތައާރަފުކޮށްފި އެވެ.
"އަތޮޅު މޮޑިއުލް" ގެ ނަމުގައި ތައާރަފުކުރި ސިސްޓަމަކީ ބިދޭސީންގެ ކަންތައްތަކަށް ހައްލު ހޯދުމަށް ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލަވާލައިފައިވާ ސިސްޓަމެކެވެ.
މިސިސްޓަމު ތައާރަފުކޮށްދެއްވީ އިމިގްރޭޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.
ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި 'އަތޮޅު' މޮޑިއުލް ތަޢާރަފްކޮށްފި pic.twitter.com/ftTBGlNQ53
— Maldives Immigration (@ImmigrationMV) February 25, 2020
އިމިގްރޭޝަނުން ބުނީ، މި ސިސްޓަމުގެ ދަށުން ހިދުމަތް އެންމެ ފުރަތަމަ ފަށާނީ ހއ. ހޯރަފުށިންކަމަށެވެ. ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ސިސްޓަމުގެ ހިދުމަތް ދިނުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، މި ސިސްޓަމަށް ބިދޭސީންގެ މައުލޫމާތު އަޅަން ޖެހެނީ ރަށު ކައުންސިލްތަކުންނެވެ.
“Rajjeyga ulhey bidheysẽnge nisbathun qavãidhã hilãfah ulhey bidheysẽnge adhadhu varah gina. Emẽhunnaky identityeh neiy baeh, nationalityeh neiy baeh. 1/2 pic.twitter.com/d6I42nxKpV
— Maldives Immigration (@ImmigrationMV) February 25, 2020
އަދި، ބިދޭސީ މީހާ އަކީ ގަވާއިދާ ހިލާފަށް އުޅޭ މީހެއް ނަމަ ލިޔެކިޔުންތައް ހަމަ ކުރުމަށް އޭނާ އަށް ވަކި މުއްދަތެއް ދޭނެ ކަމަށާއި އެއް ރަށުން އަނެއް ރަށަށް ބިދޭސީއަކު ބަދަލު ވިޔަސް ސިސްޓަމު މެދުވެރިކޮށް، އެކަން ދެނެގަނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!