އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީ އޮންނަ ރަށްތަކާއި ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް ޝަކުވާއަށް މިރޭ ހުޅުވާލައިފި އެވެ.
މި ޕްރައިމަރީ އަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލުމުން ޕްރައިމަރީ ނޯންނަ އަތޮޅު ތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅާއި، ށ. އަތޮޅު ވަނީ ހިމެނިފައެވެ.
ހއ. ގެ ތިން ރަށެއްގައި ޕްރައިމަރީ އޮންނާނެއެވެ. އެއީ ބާރަށް، އުތީމު އަދި ފިއްލަދޫގައެވެ. މި ތިންރަށުގައި ވެސް ޕްރައިމަރީ އޮންނާނީ ފިރިހެން މެމްބަރުންގެ ދެ ޖާގައަށް ކެންޑިޑޭޓުން ހޮވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!