ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ހުޅުވުމާއި ގުޅުވައި ހަވާ އެރުވުން ވެސް އޮންނާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Ad
rt

‏ހަނިމދޫގައު ހަވާ އިރުވާނީ މި ރޭ 20:30 ހާއިރު ގާތްގަނޑަކަށް 3 މިނެޓެއް ހާއިރަށެވެ.

މި ރަސްމިއްޔާތު ފަށާނީ މިރޭ 19:30 ގައެވެ.

ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުން މިރޭ

މި ރަސްމިއްޔާތަށް ހަނިމާދޫ އެއަރޕޯޓް ސަރަހައްދު ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ. އަދި ރަސްމިއްޔާތަށް ވަނީ ހާއްސަ ޖާފަތްތަކެއް ވެސް ތައްޔާރުކޮށްފައެވެ.

އެއާޕޯޓު ހުޅުވުމުގެ ރަސްމިޔާތަށް އެއާޕޯޓް ސަރަހައްދު ޒީނަތްތެރިކޮށްފައި، ފޮޓޯ: އެމްއޭސީއެލް

ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.