ހއ. އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތްކުރުމަށް މެކްސް އެމް އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް މެކްސް އެމް އާއި ހަވާލުކުރުމަށް އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އަޙުމަދު ސޮބާޙް އެވެ.

Ad
rt

މީގެ އިތުރުން މެކްސް އެމް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެކްސް އެމް ގެ ވެރިޔާ އަބްދުލް މުއީން އަބްދުލް މަޖީދު އެވެ.

މި އެއްބަސްވުމުގެ ދަށުން އިހަވަންދޫ ފުޓްސަލް ދަނޑުގައި އިމާރާތްކުރާ ރޮސްޓަމްގެައި ސްޓޭޖަކާއި، 2 ޓީމް ރޫމްގެ އިތުރުން 3 ފާހާނާ އަދި ގުދަނެއް ހިމެނެއެވެ.

90 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ ޖުމްލަ އަގަކީ 1،453،580.90 ( އެއްމިލިއަން ހަތަރުލައްކަ ފަންސާސްތިންހާސް ފަސްސަތޭކަ ނުވަދިހަ ރުފިޔާ ނުވަދިހަ ލާރި) އެވެ.