ކޮންމެ 10 އިން 15 މިނެޓަކުން އިސްރާއީލުގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކުން ޣައްޒާ އަށް ބޮން އަޅަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އަލްޖަޒީރާއިން ބުނެފައިވާގޮތުގައި ކޮންމެ 10 އިން 15 މިނެޓަކުން އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓް މަތިންދާބޯޓުތަކުން ޣައްޒާ އަށް ބޮންތައް އަޅަމުންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައްކާތެރި ހިޔާވަހިކަމެއް ނެތި މަގުމަތިވެފައެވެ.

Ad
rt

މ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އިމާރާތްތައް ވެސް ފުނޑުފުނޑުވަމުން ދާތީ ޣައްޒާގެ ރައްޔިތުން ރައްކާތެރިކަން ހޯދަން ވަންނާނެ ތަންތަން ވެސް ކޮންމެ ގަޑިއިރަކުން މަދުވަމުން އަންނަކަމަށް އަލްޖަޒީރާއިން ބުނެއެވެ. އެހެންވެ، އިސްރާއީލުގެ ހަމަލާތައް އިތުރުވަމުންދާ ވަރަކަށް ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރި ތަންތަން ދަނީ މަދުވަމުންނެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ސިފައިން ވަނީ 1،600 އަށް ވުރެ ގިނަ ބޮޑެތި އިމާރާތްތައް މުޅިން ހަލާކުކޮށް، 2،000 އަށް ވުރެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންދީ، އަދި ހިޔާވަހިކަން ގެއްލިފައިވާ މީހުން ދިރިއުޅެމުންދިޔަ 13،000 އަށް ވުރެ ގިނަ ޓެންޓު ނައްތާލާފައެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގައި މީހުން ދިރިއުޅެމުން ދިޔަ 70 އަށްވުރެ ގިނަ ބޮޑެތި ރެސިޑެންޓަލް ޓަވަރުތައް މުޅިން ހަލާކުކޮށް، 120 ރެސިޑެންޓަލް ޓަވަރަށް ބޮޑެތި ގެއްލުން ދީ، އަދި 3،500 އަށް ވުރެ ގިނަ ޓެންޓު ނައްތާލާފައެވެ.

މިއަދު ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 31 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ހޮސްޕިޓަލްތަކުން މަޢުލޫމާތު ދީފަވެއެވެ. މީގެ ތެރެއިން 22 މީހުން ޝަހީދުވެފައިވަނީ ހިޞާރުކޮށްފައިވާ ޣައްޒާ ސިޓީގައެވެ.

2023 އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 64،803 މީހުން ޝަހީދުވެ، 164،264 މީހުންނަށް ޒަޚަމްވެފައިވެއެވެ.