ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުއްޓައި ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.
ނިޔާވި މީހާއަކީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަފްރާހް ނިޔާވިކަން ހާމަކޮށް ފުލުހުން އިއްޔެ ބުނެފައިވަނީ، ފުލުހުންގެ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުރި އަފްރާޙްގެ ހާލަތު އާދީއްތަ ދުވަހުގެ ފަތިހު 05:50 އެހައިކަށްހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނުކަމަށެވެ.
އެހެންވެ އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
އަފްރާޙް ފުލުހުންގެ ބަންދަށް ގެންގޮސްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އަފްރާހްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަ ށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަކަށް ފޮނުވޭނެ ވަކި ތާރީހެއް ނުބުނެއެވެ.
މި މައްސަލައިގެ ތަޙްޤީޤު ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ކުރިއަށްގެންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!