މި އަހަރުގެ އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގައި ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެމްޕްލޯޔަރ އޮފް ދަ އިޔަރގެ ބްރޯންޒް އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ މި ސަރަހައްދުގެ ލީޑިން ބިޒްނަސް އެވޯޑްސް ޕްރޮގްރާމުގެ ގޮތުގައި ވަރަށް ބޮޑަށް ބަލައިގަނެ، އެކި ސިނާއަތްތަކުގައި އިނޮވޭޝަނާއި އެކްސެލެންސްގެ އަގު ވަޒަންކުރާ އެވޯޑެކެވެ.
އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްއަކީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ ވިޔަފާރީގެ އެވޯޑް ޕްރޮގްރާމެވެ. މި އެވޯޑުން އޫރީދޫ މޯލްޑިވްސްއިން މުވައްޒަފުންގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި، ކުންފުނީގެ މަސައްކަތުގެ މާހައުލު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެވިގެން ދިޔައެވެ.
"އަޅުގަނޑުމެންގެ ކާމިޔާބީގެ އެންމެ މުހިންމު އެއް ބައިކަމުގައި އަޅުގަނޑުމެން ދެކެނީ އަޅުގަނޑުމެންގެ މުވައްޒަފުންނެވެ. އެމްޕްލޯޔަރ އޮފް ދަ އިޔަރގެ މި އެވޯޑަކީ މުވައްޒަފުންނަށް ބާރުވެރިކަން ދީ، ގުޅުން ބަދަހިކޮށް، އަދި އަމިއްލަ ގޮތުންނާއި ވަޒީފާގެ ގޮތުން ކުރިއެރުމަށް ފުރުސަތު ދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ"
އުރީދޫ މޯލްޑިވްސްއިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސްއިން މުވައްޒަފުންގެ ތަމްރީނާއި ތަރައްގީއަށް ޚާއްސަ ޕްރޮގްރާމްތައް ހިންގުމާއެކު، ހަމަހަމަކަމާއި އެކުލެވޭ މާހައުލެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށް، ދުޅަހެޔޮކަން ކުރިއެރުވުމަށް އެކި އެކި ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!