ށ. ޅައިމަގުގައި އަންހެނުންނަށް ޚާއްސަ ކޮށްގެން އަންހެނުންގެ ޚާއްސަ ޑޮކްޓަރު، ޑރ. ހަނާ އާއެކު ހޭލުންތެރިކުރުުގެ ސެޝަން އެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ސެޝަން އަކީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ޅައިމަގު ކައުންސިލާއި ގުޅިގެން އަންހެނުންނަށް ޖެހޭ ބަލިތަކަށް ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ސެޝަން އެކެވެ.
އެގޮތުން މި ސެޝަން އާއި ގުޅޭގޮތުން ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފައިވަނީ މި ސެޝަންގައި އަންހެނުންނަށް ޚާއްސަ، ދަރިމައިވުމުގެ ނިޒާމާއި، އަންހެނުންގެ ޖިންސީ ގުނަވަނަށް (ރަހިމް، އޯވަރީ އަދި ރަހިމުގެ ދޮރަށް) ޖެހޭ ކެންސަރުގެ ބަލިތަކުގެ އިތުރުން ބްރެސްޓް ކެންސަރާއި ގުޅޭ ގޮތުން މައުލޫމާތު ދެވޭނެކަމަށެވެ.
މި ސެޝަން އަށް ހުރިހާ އަންހެން ބޭފުޅުންނަށް ދައުވަތުދެމުން، މިރޭ (4 އޮގަސްޓް 2025، ހޯމަ) 8:30 ގައި ޅައިމަގު ސްކޫލަށް މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުން ހާޒިރުވުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ.
ޑރ ހައްވާ ހަނާ އަކީ އަންހެނުންގެ ބަލިތަކަށް ހާއްސަ، އަންހެނުންނަށް ޖެހޭ ބަލިތަކާމެދު މީހުން ހޭލުންތެރި ކުރުވައި، އަބަދުވެސް މައުލޫމާތު ތާޒާކުރުމަށް ވޯކްޝޮޕްތައް ބާއްވައި، އެ ރޮގުން ޚިދުމަތް ދިނުމުގައި ކުޅަދާނަ ޑޮކްޓަރެއްކަން ފާހަގަކޮށްލެވޭ ފެންވަރުގެ ޑޮކްޓަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!