ހއ. އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި މަސައްކަތައް ބީލަން ހުށަހެޅުމަށް ހުޅުވާލަމުން އިހަވަންދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް procurement@ihavandhoo.gov.mv އަށް މެއިލް ކުރުމަށެވެ.
މީގެ އިތުރުން ފޯނުން ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 6500256 އަށް ގުޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
އިހަވަންދޫ ކައުންސިލުން މި މަސައްކަތާ ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި، 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި އެ އިދާރާއަށް ހާޒިރުވެ އޭ 4 ސައިޒް ސިޓީ އުރައެއްގައި، "ހއ. އިހަވަންދޫ ހިންނަ ފުޓުސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކުރުން" ލިޔުމަށް ފަހު ބަންދުކޮށް ހުށަހެޅުމަށެވެ.
އެގޮތުން މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
އެހެންކަމުން މި ތަންތަނުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ތަނެއްގައި ރަސްމީ ސިޓީ އަކާއިއެތަނެއްގެ ރަޖިސްޓްރީ ކޮޕީ ހިފައިގެން އައުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!