ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ އެ އަތޮޅު ދުވާފަރަށް ގޮސްފައިވާކަން އެނގިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާ ކަމަށެވެ.

Ad
rt

އެމީހާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާ ގެއްލިގެން ހޯދަން ފެށީ ހަވީރު ކެނޯގައި ރިސޯޓުން ފުރިގޮތަށް ޚަބަރެއް ނުވެގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓް ކުރީ މިރޭ 8:43 ގައެވެ.

މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ގަދަ ވިއްސާރަ ކުރަމުންނެވެ. މި ވަގުތު ވެސް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮތީ ރީނދޫ ސަމާލު ނެރެފައެވެ.

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާއިރު، މިއަދު ހެނދުނު 9:30 ފުރައިގެން ޑިންގީއެއްގައި ގދ. ގައްދޫއިން ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.