މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރ އެއް ފިޔަވައިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރ އެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައެވެ.

Ad
rt

މި ޓްރާންސްފޯމަރ ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އަލުގަނޑުމެންގެ އިމަރޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. އެއަށްފަހު ސްޓެލްކޯއިން ކުރި މަސައްކަތުން ކަރަންޓް މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީ ނިންމާލެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.

މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައިން ކަންކަން އިންތިޒާމްކުރުމަށް މިކަން ސީރިއަސް މައްސަލައެއްގޮތުގައި ބަލަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ. އަދި މި އެންގެވުމާއި އެއްގޮތަށް އެކަމުގެ ތަހުގީގެއް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ކަރަންޓް ދިޔުމުން އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށެވެ. އެ ދެތަނަށް 2 ޖަހާކަށް ހާއިރު ވަނީ ކަރަންޓް ދީފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އެހާއިރު ކަރަންޓް ދިނެވެ.