ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއް ހިފާ އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:55 ހާއިރުއެވެ.

Ad
rt

މި މައްސަލައިގައި އަނިޔާ ލިބުނު ދަރިވަރަށް މިވަގުތު ތ. ވޭމަންޑޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.