ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ޓާފް ފުޓްސަލް ދަނޑެއް ތަރައްގީކޮށް ހުޅުވައިފިއެވެ.

އިއްޔެ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ މަކުނުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާހް އާއި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަހްމަދު ސިނާޒްއެވެ.

Ad
rt

މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ތަރައްގީ ކުރި ޓާފް ފުޓްސަލް ދަނޑު ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާހް އާއި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަހްމަދު ސިނާޒް ހުޅުވައިދެއްވަނީ،

އެ ދަނޑަކީ މަކުނުދޫ ކައުންސިލާއި ސްކޫލް ގުޅިގެން، ރަށުގެ އެންމެހާ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ދަނޑެކެވެ. ދަނޑު އެޅުމުގެ މަޝްރޫއުގައި ޓަފްކޫލް އިންވެސްޓްމަންޓުން މާލީ އަދި އަމަލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ތަރައްގީ ކުރި ޓާފް ފުޓްސަލް ދަނޑު ހުޅުވުން

މީގެ އިތުރުން، ރަށުގެ ބައެއް ރައްޔިތުން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވާތީ ކައުންސިލުން ވަނީ އެކަން ފާހަގަ ކޮށްފައެވެ.

ކައުންސިލުން ވިދާޅުވީ ދަނޑު އެޅުމުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް ކުޅިވަރު ކުޅުމަށް ސްކޫލް ހޯލް ތެރޭގައި އެކަށީގެންވާ ތަނެއް ގާއިމުކޮށް ދިނުމާއި، އަދި މި ދަނޑުގެ ސަބަބުން ދަރިވަރުންނަށް ކުޅިވަރުގެ ހުނަރުތައް ދަސްކޮށް ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކުރުމެވެ.

މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ތަރައްގީކުރި ޓާފް ފުޓްސަލް ދަނޑު

މަކުނުދޫ ކައުންސިލުން މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދެއްކި ލީޑަރޝިޕާއި، ރަށުގެ އެކި ފަރާތްތަކުން ދެއްވި އެހީތެރިކަމަކީ ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އެންމެންގެ ބައިވެރިވުން ހޯދުމުގެ މުހިންމުކަން ދައްކުވައިދޭ ރަނގަޅު މިސާލެކެވެ.