ހއ. އިހަވަންދޫގައި ހޮވައިގެން ގެނެސްފައިވާ ފައިސާތަކަކާއި ރަންތަކެއްގެ ވެރިފަރާތް ހޯދަން އެރަށު ކޯޓުން އިއުލާންކޮށްފި އެވެ.

އިހަވަންދޫ ކޯޓުން މިއަދު އިއުލާންކުރީ އެކިފަހަރު މަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކާއި ހަތަރު ރަން އަނގޮޓި އާއި ތިން ރަށް ފަށާއި ރަނުގެ ހަތް ކެވެލި ކޮޅާއި ރަނުން ހަދާފައިވާ ކަންފަތުގައި ލާ ތިން އެތިކޮޅާއި ރަނުގެ ތިން ފަށުފުލާއި އެއް ރިހި ފަށާއި ދެ ރިހި ކެވެއްޔާއި ދެ ރިހި އަނގޮޓި އެވެ.

Ad
rt

ނަމަވެސް ފައިސާގެ އަދަދު ކޯޓުން ހާމައެއް ނުކުރެ އެވެ.

އެ ތަކެތީގެ ވެރިއަކު ހުރިނަމަ 15 ދުވަސް ތެރޭގައި ކޯޓަށް އެކަން އަންގަން އެ އިއުލާުނުގައިވަނީ އެދިފަ އެވެ.

ހޮވައިގެން ގެންނަ ތަކެތީގެ ވެރިއަކު ނުފެނިއްޖެނަމަ އެ ތަކެތި ދައުލަތަށް ނަގަން ކޯޓުން އަންގާނެ އެވެ.