ދަރިންނަކީ މައިން ބަފައިންގެ ދެ ލޮލުގެ ނޫރެވެ. ދަރިންނަށް އެއްވެސް ކަމެއް މަދު ނުކޮށް، ހުރިހާ ޚިދުމަތެއް ދިނުމަކީ މައިންނާއި ބަފައިންގެ ހިތުގެ ފިނިކަމާއި، އުފަލެވެ.

ބޭނުންވާ ހުރިހާ އެއްޗެއް މަދުނުކޮށް ހޯދައިދެވޭތޯ މަސައްކަތްކުރެއެވެ!

Ad
rt

ދަރިންގެ އުފަލައްޓަކައި މައިބަފައިން ކޮންމެކަމެއް ވެސް ކުރަން ތައްޔާރަށް ތިބެއެވެ. ދަރިންނަށް އާއެއްޗެހި ހޯދައިދިނުމަށްޓަކައި، ފައިސާ ރައްކާކުރުމުގެ ބޭނުމުގައި މައިން ބަފައިން ގެންގުޅޭ ތަކެތި ބާވެ ހަލާކު ވިއަސް ބޭނުންކުރެއެވެ. ކޮންމެ ހާލަތެއްގައިވެސް މައިން ބަފައިން ބަލަނީ ދަރިން ބޭނުން ވާ ކަންތައް ނުވަތަ އެއްޗެހި ހަމައަށްހޯދައި ދެވޭތޯ އެވެ.

ދަރިންގެ ޙައްޤުގައި ނިދިނަގާލައެވެ!

ދަރިން އުފަން ވުމުން އެކުދިންނަށްޓަކައި ނިދި ނަގާލައި، އެތައް ރެއަކު ހޭލާ އުޅެއެވެ. އަދި ދަރިން ބޮޑެތިވުމުން ނިދި ނަގާލުމަށްފަހު ދަރިން ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ތިބެއެވެ.

ފޫހި ފިލުވުމަށް ކުރާ އެތައް ކަމެއް ދޫކޮށްލައެވެ!

ދަރިން ލިބުމުން ހުރިހާ ވަގުތެއް އެކުދިންނަށް ދިނުމުގެ ބޭނުމުގައި މައިންބަފައިން ގެ ހޮބީ ތައް ދޫކޮށްލައި، ދަރިންނަށް ހުރިހާ ވަގުތެއް ދެއެވެ.

ދަރިން ބަލިވުމުން ދަރިން ކައިރީ އަބަދު ތިބެއެވެ!

ދަރިން ބަލިވުމުން އަބަދުވެސް މައިން ބަފައިން، ދަރީންގެ ކައިރީގައި ތިބެން ދަރިން ބޭނުން ވެއެވެ. ސަބަބަކީ ކުޑައިރުން ސުރެއް ކުއްޖަކު ބަލިވެއްޖެނަމަ އެކުއްޖެއްގެ ޚިދުމަތުގައި މައިންބަފައިން ތިބޭކަމެވެ. މައިންބަފައިން ފޫހިކަމެއް ވަރުބަލި ކަމެއް ނެތި ދަރިންނަށް ޚިދުމަތް ކޮށްދެއެވެ.

އެކުގައި އުޅޭ އެކުވެރިން ދޫކޮށްލައެވެ!

ދަރިންނަށް ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދެވިދާނެތީ ހުރިހާ ވަގުތެއް ދަރިންނަށް ދޭއިރު މައިން ބަފައިން ގިނަފަހަރު އެމީހުންގެ އެކުވެރިން ވެސް ދޫކޮށްލައި، ކުދިންގެ ހައްޤުގައި ހުރިހާ ވަގުތު ހުސްކޮށްލައެވެ.

ކާބޯތަކެތީގެ އެންމެ ފަހު އެތިކޮޅުވެސް ދަރިންނާ ހިއްސާ ކުރެއެވެ!

ދަރިން ބަނޑުހައިވެފައި ތިބިނަމަ، މައިންބަފައިންބަނޑުހައި ހޫނު ކަން މަތީ ތިބެން ޖެހުނު ކަމުގައިވިޔަސް އެކަން ދަރިންނަށް އެންގުމަކާއި ނުލައި އެއްވެސް ޝަކުވާ އެއްނެތި މައިން ބަފައިން ގެ ކެއުމުގެ އެންމެ ފަހު އެތިކޮޅުވިޔަސް ދަރިންގެ ހައްގުގައި ޤުރުބާން ކުރެއެވެ.

މައިންބަފައިގެ ހަޔާތުގެ ދޮރު ދަރިންނަށްޓަކައި ހުޅުވާލައެވެ!

ދަރިންގެ ރައްކާތެރި ކަމަށްޓަކައި މައިން ބަފައިން އެކަހެރިކަމާއި އެކު ވަގުތު ހޭދަކުރުން މަދަކޮށްލައެވެ. އަދި ދަރިންނަށް މައިން ބަފައިން ކައިރިއަށް ކޮންމެ ވަގުތަކުވެސް އާދެވޭނެ ފަދަގޮތަކަށް އަބަދުވެސް ދަރިންގެ ޙައްޤުގައި ތައްޔާރުގައި ތިބެއެވެ.

ދަރިންގެ މުސްތަޤްބަލަށްޓަކައި ފަހަށް ރައްކާކުރެއެވެ!

ދަރިންނަށް ރަނގަޅު ތަޢުލީމް ހޯދައިދިނުމަށް މައިންބަފައިން އެމީހުން ގެ ބޭނުންތައް ނުފުއްދައި، ދަރިންގެ މުސްތަޤްބަލަށް އަތުގައި ކުޑަނަމަވެސް ފައިސާ ފޮއްޗެއް އޮތަސް ރައްކާ ކުރެއެވެ.

މައިބަފައިންގެ އެއްޗެއް ހަލާކުވިޔަސް އެކަން ބޮޑު ކަމަކަށް ނަހަދައެވެ!

ދަރިންނަކީ މައިންބަފައިންގެ އެންމެ އަގު ހުރި މުދާ ކަމުގައި ދެކޭ އިރު އެމީހުން ގެންގުޅޭ އެއްޗަކަށް ދަރިއެއް އަތުން ގެއްލުމެއް ލިބުނަސް އެކަން މާބޮޑު ކަމަކަށް ނަހަދައެވެ.

މައިބަފައިން ދަރިންނަށްޓަކައި ޤުރުބާން ވެއެވެ!

މައިންބަފައިން ދަރިންގެ އުފަލަށްޓަކައި އެމީހުންގެ އަގުހުރި ވަގުތާއި، ހަޔާތާއި، ދިރިއުޅުމާއި، ހިތް އަދި ހުރިހާ އެއްޗެއް ޤުރުބާން ކުރެއެވެ.

އެހެންކަމުން މައިންބަފައިގެ ޤުރުބާނީ ހުރިހާ ދަރިންވެސް ހަނދާން ނައްތާނުލައި އެމީހުންނަށް ދަރިންގެ ބޭނުން އެންމެ ބޮޑަށް ޖެހޭ ވަގުތު އެމީހުންގެ ޙައްޤުގައި ތިބެން ވާނެއެވެ.