ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށ ޚާއްޞަ މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.
ސްޓެލްކޯއިން ބުނީ "ރޯދަމަހަށް ފަރުވާތެރިވުން" ގެ ނަމުގައި ބޭއްވި މި ސެޝަނަކީ އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ބޭއްވި ސެޝަނެއް ކަމަށެވެ.
މި ސެޝަން ބޭއްވުނީ ކުރިއަށް އޮތް ރަމަޟާން މަހަށް މުވައްޒަފުން ތައްޔާރުކުރުމަށާއި، އިސްލާމްދީނާ މެދު ލޯބި އިތުރުކޮށް، ނަމާދާއި ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައިކަމަށް އެ ކުންފުނިން ބުންޏެވެ.
ރޯދަމަހަށް ތައްޔާރުވުމަށާއި، ދިނާއި މެދު ލޯބި އިތުރުކޮށް ނަމާދާއި، ރޯދައާއި ގުޅުންހުރި މައުލޫމާތު މިކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން "ރޯދަމަހަށް ފަރުވާތެރިވުން" ގެ ނަމުގައި ހާއްސަ މައުލޫމާތު ސެޝަންއެއް މިއަދު ވަނީ ބާއްވާފައި.… pic.twitter.com/5T3XngpXNM
— STELCO (@STELCOMALDIVES) February 16, 2025
މި ސެޝަންގައި ބައިވެރިވި ސްޓެލްކޯގެ މުވައްޒަފުންނަށް ރޯދައާއި ނަމާދާ ގުޅުންހުރި އަގުހުރި ގިނަ މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
މި ސެޝަންގައި ރޯދަ މަހުގެ މުހިންމުކަމާއި، ރޯދައިގެ ޙިކުމަތްތަކާއި، ރޯދަ ހިފުމުގެ ޞައްޙަ ގޮތްތަކާއި، ނަމާދުގެ މުހިންމުކަމާ ބެހޭ ގޮތުން މަޢުލޫމާތުދީ، ބައިވެރިންގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!