މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުރައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުރައިދޫއަށް އެންމެ މުހިންމީ ބަނދަރުގެ މަޝްރޫޢުކަމަށެވެ. އެހެންކަމުން ބޭރުތޮށީގެ މައްސަލަ ހައްލުކުރުމަށްފަހު، މަގު ހެދުމަށް ވެވަޑައިގެންނެވި ވަޢުދު މި ދައުރުތެރޭގައި ފުއްދަވާނެކަމުގައި ވިދާޅުވިއެވެ.
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި
ރައީސްގެ ވާހަކަފުޅުގައި މުރައިދޫގެ އާބާދީއަށް އެކަށީގެންވާވަރަށް، ހަމަހަމަ ގޮތެއްގައި ޞިއްޙީ ޚިދުމަތް، ކޮންމެ ރައްޔިތަކަށްވެސް ލިބުމަށް، އެމަނިކުފާނު އެދިވަޑައިގަންނަވާކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ކަންކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވަނީ ވަނީ ވިދާޅުވެފައެވެ. އަދި އެ ރަށުގެ ސްކޫލަށް ބޭނުންވާނެ ކަންކަންވެސް ތަރުތީބުކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ، ކުޅިވަރުގެ ދާއިރާވެސް، މުރައިދޫގައި ކުރިއެރުވުމަށް ރާއްވަވައިގެން ސަމާލުކަންދެއްވާ ތަރުތީބުން ކުރައްވާނެކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މުރައިދޫއަށް ފަހު ރައީސް މިއަދު ދެން ވަޑައިގަތީ ފިއްލަދޫ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!