ޓެނިކަލް މައްސަލައެއް ދިމާވެ ކަރަންޓް ކެނޑުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީ، ބާކީ ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެއަށް ކަރަންޓު ދޭ ފީޑަރ ތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާއި ގުޅިގެން ކަމަށެވެ.

Ad
rt

ސްޓެލްކޯއިން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް ކަރަންޓުދީފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރާއި، ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށެވެ.

''ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ކުރަމުން.'' ސްޓެލްކޯއިން ބުންޏެވެ.