އިތުރު ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެ މީހަކު ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެންނެވެ.
ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި އުމުރުން ފަސް އަަހަރުގެ ކުއްޖަކަށް އުމުރުން 56 އަަހަރުގެ ދިވެހި ފިރިހެނެއް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅުނުކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންނާއި، ޖެންޑާގެ ޓީމެއް މިއަދު އެ ރަށައް ގޮސް، އެކުއްޖާގެ އާއިލާގެ ބަޔާންތަކެއް ވެސް ވަނީ ނަގާފަ އެވެ.
ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް 56 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ މިރެއެވެ. އަދި އޭނާ އެހެން ރަށަކަށް ގެންދަން ފުލުހުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
ފަސް އަަހަރުގެ ކުއްޖާގެ އިތުރުން އޭނާގެ ޖިންސީ ޝިކާރައަކަށް އެ ރަށުގެ އެހެން ކުއްޖަކު ވެސް ވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!